އެމްއެމްއޭއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 25000 ރުފިޔާ ލިބިގެންދާނެ އެވެ. އަދި އޭގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
އެގޮތުން ލިބޭނެ އިނާމްތަކަކީ:
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާއިރު، މި ހަރަކާތުގެ ތެރެއިން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެކި ހިދުމަތްތައް ދޭ މުއައްސަސާތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއަށް ޒިޔާރަތްކޮށްގެން މާލީ ގިނަ މައުލޫމާތުތަކެއް ލިބުމާއެކު އަގުހުރި އިނާމްތައް ލިބުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި އެކްސްޕޯއަށް ޒިޔާރަތް ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;