ads
ލަންކާގައި މަދިރި އާލާވެފައިވާ ސަރަހައްދެއްގައި ފޮގް ކުރަނީ.
ލަންކާގައި ޑެންގީ ޖެހިގެން 39 މީހުން މަރުވެއްޖެ
ސްރީ ލަންކާގެ ގިނަ އަދަދެއްގެ ޑިސްޓްރިކްޓެއްގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި މިހާތަނަށް 39 މީހުން މި ބަލީގައި މަރުވެއްޖެ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ.
Advertisement

މިއީ މިދިޔަ އަހަރު ރިޕޯޓްކުރި ޖުމްލަ ކޭސްތަކަށް ވުރެ އިތުރު އަދަދެކެވެ. މިއާ އެކު، އެ ގައުމުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވަމުންދާތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ތަންތަން ސާފުކޮށް ބެހެއްޓުމަށާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ގޮވާލާފައެވެ.

މި ފަހުން ލަންކާގައި ދަނީ ކޮންމެ އަހަރަކު ވެސް ޑެންގީގެ ކޭސްތައް އިތުރުވަމުންނެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ބަލިމަޑުކަމެއް ރެކޯޑު ކުރެވުނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 186،000 އަށްވުރެ ގިނަ ކޭސް ރެކޯޑު ކުރެވުނުއިރު، 440 އަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންތައް

- ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ބޭނުންކުރުން

- ފަތިސް ގަޑީގައި އަދި ހަވީރާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން

- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން

ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ

- އަރާމުކުރުން

- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން. ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެން، ލޮނުޕެކެޓު، ސޫޕް ފަދަ ތަކެތި ހިމެނޭ

- ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓްމޯލް ބޭނުންކުރެވިދާނެ. ތިން ދުވަހަށް ވެސް އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;