ads
ރައީސް މުއިއްޒު ގަތަރަށް ވަޑައިގަތީ އަމީރުގެ ބައްޕާފުޅު އަދި ކުރީގެ އަމީރު އަވަހާރަވުމުން އާއިލާއަށް ތައުޒިޔާ ރައްދަު ކުރެއްވުމަށް
ގަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
Advertisement

އުމުރުފުޅުން 74 އަހަރުގައި ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެމަނިކުފާނަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގަތަރުގެ އަމީރުކަން ކުރެއްވި ބޭފުޅެކެވެ. 

އެ މުއްދަތުގެ ތެރޭގައި ގަތަރު ވަނީ އިގުތިސާދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. ހާއްސަކޮށް ގުދުރަތީ ގޭހުގެ ވިޔަފާރި ފުޅާކުރައްވައި، ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމަށް ގަތަރު ބަދަލުކޮށްލެއްވުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވި އެވެ.

ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ ގަތަރުގެ އަމީރު، ޝައިހު ތަމީމް ބިން ހަމަދު އާލް ސާނީއާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ރައީސްވަނީ، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފަ އެވެ. 

އަދި މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާއި މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.

ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. އެއަށްފަހު، ގަތަރަކީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ފަތުރުވެރިކަމާއި، ތައުލީމީ ދާއިރާއާއި، އިސްލާމީ ވަންތަކަން ކުރިއެރުވުމުގައި ގަތަރުގެ އެހީތެރިކަން ރާއްޖެއަށް ވަނީ ލިބިފަ އެވެ.

މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، 2025 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ގަތަރުގައި ރާއްޖޭގެ އެމްބަސީއެއްވެސް ގާއިމުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;