ads
ޕަނީނީ---
ސީއެންއެމް ބަދިގެ: ޕަނީނީ
މިއަދުގެ ސީއެންއެމް ބަދިގޭގައި މި ގެނެސް ދެނީ ޕަނީނީ ތައްޔާރު ކުރާނެ ގޮތެވެ.

  ބޭނުންވާ ތަކެތި: 

  • ސްލައިސް ޗީޒް
  • 1 މޭޒުމަތީ ސަމްސާ މަޔޮނައިސް
  • 1 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 މިރުސް (ހިމުންކޮށް ކޮށާފައި)
  • 1 ފަޅި ލުނބޯ ހުތް
  • ޕަނީނޯ ބަނަސް
  • އަސޭމިރުސް / ލޮނު (ރަހަލާވަރަށް)
  • 1 ދަޅު މަސް
  • ޓޮމާޓޯ

 ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޖެހޭނީ ލޮނާއި އަސޭމިރުހާއެކު ފިޔާ، މިރުސް، މަސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު އެއަށް ލުނބޯ ހުތް ޖަހައި މޮޑެލާށެވެ. އަދި ބަނަސް މެދުން ފަޅާލުމަށް ފަހު ތައްޔާރުކުރި މަސްގަނޑު އޭގައި ފަތުރާލާށެވެ. މިގޮތަށް ހުރިހާ ބަނަހެއްގެ ތެރެއަށް މަސްގަނޑު އެޅުމަށް ފަހު ކޮންމެ ބަނަހެއްގެ ތެރެއަށް ވެސް ޗީޒް އަދި ޓޮމާޓޯ ފޮއްޗެއްލުމަށް ފަހު ޕަނީނޯ މޭކާއިން ފިހެލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް