ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ، ނެރުއްވި ބަޔާނެއްގައި، އުމުރުން 76 އަހަރުގެ ޝަހާބުއްދީން ވިދާޅުވީ ދާދި ފަހުން ހެއްދެވި މެޑިކަލް ޓެސްޓްތަކުން އޭނާއަށް ނާރުގެ ބައްޔެއް ކަމަށްވާ އޮޓޯނޮމިކް ނިއުރޯޕެތީ ޖެހިފައިވާކަން އެނގިފައިވާ ކަމަށެވެ.
މި ބަލީގެ ސަބަބުން، އޭގެ އަސަރުކޮށްގެން ކުއްލިއަކަށް ހޭނެތޭ ގޮތް މެދުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލާދޭޝްގައި ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އޭނާ ތަފްސީލެއް ނުދެއްވި އެވެ.
އެމަނިކުފާނު އިސްތިއުފާ މި ދެއްވީ، އިންޑިއާގައި ފިއްލަވައިގެން އުޅުއްވާ ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެކަން އިއުލާނުކުރެއްވުމާ ގުޅިގެން، ހަސީނާގެ ސިޔާސީ ބައިވެރިން މަގާމުތަކުން ވަކިކުރުމަށް އާންމުންގެ ފިއްތުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އާ ރައީސަކު އިންތިހާބުކުރެވެންދެން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސެވެ. ރައީސަކީ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ކަމުގައިވީ ނަމަވެސް، ބަންގްލަދޭޝްގެ ވެރިކަން ހިންގުމުގެ އެންމެހާ ބާރުތައް އޮންނަނީ ބޮޑުވަޒީރާއި ކެބިނެޓަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;