ads
މަރާމާތުތަކަށްފަހު މާލެ ޖަލު އެނެކްސް 1 އަލުން ހުޅުވާފައި -- ފޮޓޯ / ވީނިއުސް
ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ
ހުޅުމާލެ ޖަލުގައި 13 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ހއ. ފިއްލަދޫ، ފީރޯޒްގެ، އިސްމާއިލް ހުސެއިން މަރުވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މާލޭ ޖަލުގައި ހުރި 92 އަހަރުގެ ގައިދީއަކު ރޭ މަރުވެފައިވާ ކަމަށެވެ.

އަދި މަރުވި ގައިދީގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހިއްސާކުރައްވާފައިވާ ކަމަށެވެ.


މޯލްޑިވްސް ކަރެކްޝަންސުން މިއަދު ބުނީ ރޭ މެންދަމު އެމީހާގެ ހާލު ދެރަވެގެން، ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި އެންބިއުލާންސް ގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ 2:10 ގައި މަރުވެފައިވާ ކަމަށް މައުލޫމާތުދޭ ކަމަށް ވެސް ބުންޏެވެ. 

ކަރެކްޝަންސުން އިތުރަށް ބުނީ އިސްމާއީލް ހުސެއިނަކީ މުސްކުޅިބަލީގައި ގިނަ ދުވަސްތަކެއްވަންދެން އެނދުމަތިވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަށް މިދިޔަ ހަފްތާގައި ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށް ވެސް ބުންޏެވެ. 

އޭގެ އިތުރުން، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އޭނާގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ކަރެކްޝަންސުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް