ތިން ފަނޑިޔާރުންގެ ބެންޗެއްގެ އަޣުލަބިއްޔަތުން ކުރި މި ހުކުމުގައިވަނީ، އެ ގައުމުގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން ދިން މި ހަމަލާތައް ހުއްޓުވުމަށް ކުރީގެ ޕޮލިސް ޗީފްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވިފައިނުވާ ކަމަށެވެ.
މިއީ 279 މީހުންގެ މަރުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އިހުމާލެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އުމުރުން 66 އަހަރުގެ ޖަޔަސުންދަރާއަށް މި ހުކުމް ސްރީ ލަންކާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޖަޔަސުންދަރާ މަރަން މިއަދު ކޯޓުން ހުކުމްކޮށްފައި މިވަނީ، ލަންކާގެ ތާރީހުގައި ވެސް ހިންގި އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާ ކަމަށްވާ އީސްޓާ ސަންޑޭގެ ހަމަލާތަކާ ގުޅިގެން އިހުމާލުވި ފަރާތްތަކާއި އޭގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އީސްޓާ ސަންޑޭގައި ދިން ނިރުބަވެރި ހަމަލާއަކީ ލަންކާގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ނިރުބަވެރި ހަމަލާއެވެ. އެ ހަމަލާއާ ގުޅޭ މައްސަލަ ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
އެ ހަމަލާދިން އިރު، ލަންކާގެ ރައީސްއަކީ މައިތްރިޕާލާ ސިރިސޭނާ އެވެ. ގޮޓާބަޔާ ވެރިކަމަށް ވަޑައިގެންނެވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;