އަމީނީމަގުގައި މި ސަރުކާރުގެ ވެރިކަމަށް އައިސް އެންމެފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރު ގަނޑު ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފަ އެވެ. އެކަމުގެ ސަބަބުން އެމަގުގައި ދުއްވަން ނުރައްކާތެރިވެފައި ވެއެވެ. އެ ސަރަހައްދު އަލުން ހަދަން ރޭ ވަނީ ފަށާފަ އެވެ. އަދި އެ ސަރަހައްދު ރޭ ދަންވަރުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ.
މިކަމާއި ގުޅިގެން ރައްޔިތުން މަޖލީހުގައި ވާހަކަ ދައްކަމުން މިނިސްޓަރު މުއްތަލިބް ވަނީ މި ސަރުކާރުން ހަވާލުވެ ރަސްމިއްޔާތެއް ބާއްވާ ތާރުއެޅި ސަރަހައްދަކީ އެމްޑީޕީން ސަރުކާރުން ކުރި މަސައްކަތެއްކަމަށް ސިފަކުރައްވާފަ އެެވެ. މުއްތަލިބް ވިދާޅުވީ މި ސަރުކާރުން އައިސް އެ މަސައްކަތް ނިންމާލީ އެމްޑީޕީ ސަރުކާރުން އާރުޑީސީއަށް ދީފައި އޮތުމުން އެ ކުންފުނި ލައްވާ ކަމަށެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ އާރުޑީސިން ތާރުއެޅުމަށް ފެންވަރު ހުރިކަމަށް ނިންމާ ތާރު އެޅުމުގެ މަސައްކަތް ކުރޔަށް ގެންދިޔައީ އިންޑިއާއިން އަމިއްލައަށް މެޝިނެއް ގެނެސް މެނުއަލްކޮށް ކަމަށެވެ.
މިނިސްޓާރު މުއްތަލިބް މިހެން ވިދާޅުވި އެ މަގުގެ މަސައްކަތް ހިގަމުންދިޔަ ދުވަސްވަރު މިނިސްޓަރު ވަނީ ނުކުންނަވާ މަސައްކަތް ހިނގާ ގޮތާއި ފެންވަރުވެސް ބައްލަވާފަ އެވެ. އަދި އަމީނީމަގުގެ އެބައި ހެދުމުގެ މަސައްކަތް ފަށާފައިވަނީވެސް މި ސަރުކާރު ވެރިކަމަށް އައިސް ޑިސްމްބަރު 2023 ގައެވެ. އަމީނީމަގުގެ ފެންވަރަށް ޖޯކު ޖައްސަވަމުން މުއްތަލިބް ވިދާޅުވީ އަމީނީމަގު އެއީ އެމްޑީޕީގެ ފެންވަރު ކަމަށެވެ. އަދި މިސާރުކާރުގެ ފެންވަރަކީ މިހާރު ހަދާ ނިމިފައިވާ ބޭރުމަގުގެ ފެންވަރު ކަމަށެވެ.
އަމީނީމަގު އަލުން މަރާމާތުކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;