ads
ބ. ކެންދޫގައި ބެެހެެއްޓި އެމްއައިބީގެ އޭޓީއެމަށް މީހަކު ފައިސާ ޖަމާކުރަނީ
ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ބަހައްޓާ ހިދުމަތް ފަށައިފި
ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ބ. ގޮއިދޫ އަދި ބ. ތުޅާދޫގަ އެވެ. މި ތިން ރަށުގައިވެސް އޭޓީއެމްގެ ހިދުމަތް 24 ގަޑިއރު ލިބޭނެކަމަށް އެމްއައިބީ އިން ބުނެ އެވެ.

ބ. ކެންދޫ، ގޮއިދޫ އަދި ތުޅާދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.  އެ ރަސްމިއްޔާތުތަކުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާވެދސް ބައިވެރިވެޑައިގަތެވެ. މީގެ އިތުރުން އެމްއައިބީގެ އިސްވެރިންނާއި އެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި އާއްމުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

your imageއޭދަފުށީގައި އެމްއައިބީގެ ބްރާންޗް ހުޅުވުމުގެ ތެރެއިން

މީގެއިތުރުން ބ. އޭދަފުށީގައި ވަނީ އެމްއައިބީގެ ބްރާންޗެއް ހުޅުވާފަ އެވެ. މި ބްރާންޗަކީ މީގެ ކުރިން އޭދަފުށީގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް ހުޅުވި ބްރާންޗެކެވެ. މިތަނުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ހިދުމަތްތަކާއި، އެކައުންޓް ހުޅުވުމުގެ ހިދުމަތް ލިބޭނެކަމަށް އެމްއައިބީ އިން ބުނެ އެވެ. 

މި ބްރާންޗާއެކު ގާއިމުކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށް އެމްއައިބީއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;