ads
ކުރީގެ ރައީސް ނަޝީދު
ދިރާގުގެ އިތުރު ހިއްސާ ގަތުމަކީ ބޭކާރު ހަރަދެއް: ނަޝީދު
ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ އޮތް ހަމައެކަނި ރައްޔިތުންގެ ކުންފުނި ކަމަށާއި އެ ކުންފުނީގެ އިތުރު ހިއްސާ ސަރުކާރުން ގަތުމަމީ މި ވަގުތަށް ބޭކާރު ހަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ސަރުކާރުން ވިއްކާލި ދިރާގުގެ ހިއްސާ އަނބުރާ ހޯދައި މެޖޯރިޓީ ސަރުކާރަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހާމަކުރައްވާފަ އެވެ.

ދިރާގު އެންމެ ފުރަތަމަ އުފެދިގެން އައީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު ހިއްސާއާއި، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ކުންފުނީގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ. ނަމަވެސް 2009 ވަނަ އަހަރު އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިރާގުގައި އޮތް ދައުލަތުގެ ހިއްސާގެ ތެރެއިން ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުން، ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ދަށްވެފަ އެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުނީގައި އޮތް ހިއްސާގެ ތެރެއިން އިތުރު 6.2 ޕަސެންޓު އާންމުންނަށް ވިއްކައި، ދިރާގަކީ އާންމު ހިއްސާދާރުން ހިއްސާވާ ޕަބްލިކް ކުންފުންޏަކަށް ބަދަލު ވެސް ކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދިރާގަށް ސިޔާސީ ނުފޫޒު ނުފޯރުވި އޮންނަ ހަމައެކަނި ސަބަބަކީ އެ ކުންފުނި ޕްރައިވަޓައިޒްކޮށްފައިވުމާއި ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެތުމުން ކަމަށެވެ.

"ރާއްޖޭގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާވެ އަދި ސިޔާސީ ބޭނުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ނެތީ ދިރާގު. ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގައި އޮތް އެންމެ އަގު ބޮޑު ކުންފުންޏެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެެސްއީ) ގައި ހުރި އަދަދުތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 12 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ގާތްގަނޑަކަށް 776 މިލިއަން ޑޮލަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;