ads
ކުޅުދުއްފުށި މިސްކިތެއް-- ފޮޓޯ: ކޭއޯ
މިސްކިތެއްގެ އިމާމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ހެންވޭރުގައި ހުރި މިސްކިތެއްގެ އިމާމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވަނީ، މަލޭގެ މިސްކިތެއްގެ އިމާމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފަ އެވެ. 

ރެންޑަމްކޮށް ނެގި ސާމްޕަލަކުން އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެންގީ މިއަދު އަސުރު ނަމާދު ބަންގި ގޮވުމަށް މިސްކިތަށް ގޮސް ހުއްޓާ އެވެ. 

އެޗްޕީއޭގެ ބަހެއް ލިބިފައި ނުވާތީ އެ މީހާ މިހާރު ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައިވާކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.

އިމާމަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ. އެކަމަކު ބަލި ފެތުރޭ މިންވަރު އިތުރުވެ ފަހުން ވަނީ މިސްކިތަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދު ވެސް ކޮށްފަ އެވެ. 

މިހާރު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވާއިރު މިސްކިތަށް މިހާރު އެރެނީ އިމާމު މީހާއަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް