ads
ސިޓީގެ ކޯޗު ގާޑިއޯލާ
ސިޓީ ދެވަނައަށް އަރައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް ސިޓީން ޓޭބަލްގެ ދެވަނައަށް އަރައިފިއެވެ.

ޕްރިމިއާ ލީގުގައި ބްރައިޓަން 4-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ދެވަނައަށް އެރިއިރު، ސިޓީން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެ ޓީމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. 

އާސެނަލަށް 34 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ސިޓީ އޮތީ 33 މެޗުން 76 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެެވެ.

ސިޓީއަށް އެއް މެޗު އަދި އަތުގައި އޮތުމުން، ޓޭބަލްގެ ކުރިއަށް އެރުމުގެ ފުރުސަތު އޮތީ އަމިއްލަ ބާރުގައި ތަނަވަސްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް