ads
ތައިލެންޑަށް މީހުން ފުރަނީ--
ތައިލެންޑުގެ އިތުރު 148 މީހަކު ގައުމަށް ފުރައިފި
ރާއްޖޭގައި ތިބި ތައިލެންޑް މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވި އިތުރު 148 މީހަކު ފުރައިފި އެވެ.

މޯލްޑިވިއަންގެ ބޯޓެއްގައި މި މީހުން ފުރާފައިވާކަން ހިއްސާކުރީ ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުންނެވެ.

އެތަނުން ބުނި ގޮތުގައި މިއީ ރާއްޖޭގައި މިވަގުތު އުޅެމުން އަންނަ ތައިލެންޑް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް ހާއްސަކޮށް ބޭއްވުނު ތިން ވަނަ ފްލައިޓެވެ. 

ތައިލެންޑަށް އެނބުރި ދިއުމަށް އެދި ރަޖިސްޓްރީވުމުގެ ފުރުސަތު ހަމަވާނީ މިއަދު ކަމަށް ވެސް ތައިލެންޑު ކޮންސިއުލޭޓުން ބުނެ އެވެ.

މިއަދު 148 މީހަކު އެނބުރި ގައުމަށް ފުރިއިރު މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް މޯލްޑިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން ތައިލެންޑަށް 131 މީހަކު ވަނީ ގެންގޮސްފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް އޮތީ ބަންދުކޮށްފަ އެވެ. އެކަމަކު މިވަގުތު ރާއްޖޭގައި ތާށިވެފައި ތިބި މީހުން ބަލައި ހާއްސަ ރެސްކިޔު ފްލައިޓްތައް އަންނަނީ ބާއްވަމުންނެވެ.

އެގޮތުން ރާއްޖޭގައި ހާލުގައި ޖެހިފައިވާ އިންޑިއާ މީހުން ބަލައި އެގައުމުގެ އަސްކަރީ މަނަވަރުތަކެއް ވެސް ރާއްޖެ އައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް