ads
ކޮވިޑް19 ގައި މަރުވި މީހުންގެ އަދަދު ތިންލައްކަ ބާރަހާހަށް ވުރެ މައްޗަށް
ދުނިޔޭގައި ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު 312000 އަށް ވުރެއް މައްޗަށް އަރައިފި އެވެ.

ބައިނަލްއަޤްވާމީ އެކި މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާތަނަށް އައި އިރު ކޮވިޑް19 އަށް ދުނިޔެއިން ވަނީ ޖުމުލަ 4.7 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން 1.8 މިލިއަން މީހުން ބަލިން ރަނގަޅު ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 312305 އަރާފައެވެ. 

މިހާތަނަށް އައިރު އެމެރިކާއިން މި ބައްޔަށް 1.5 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު 89420 މީހަކު ވަނީ މަރުވެފައެވެ. 

މިވަގުތު އެންމެ ބާރު ސްޕީޑުގައި ކޮވީޑް19 ފެތުރޭ އެއް ގައުމެއްގެ ގޮތުގައި ބައިނަލްއަޤވާމީ މީޑިއާތަކުން ފާހަގަ ކުރަނީ ރަޝިޔާއެވެ. ރަޝިޔާގައި މިހާތަނަށް 282000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 26031 މީހަކު ވަނީ މަރުވެފައެވެ. އަދި ރަނގަޅު ކުރެވުނު މީހުންގެ އަަދަދު ވަނީ 67000 އަށް ވުރެއް މައްޗަށް އަރާފައެވެ. 

މީގެ އިތުރުން  އިނގިރޭސިވިލާތުގައި 240000 އަށް ވުރެއް ގިނަ މީހުނަށް ބަލި ޖެހިފައިވާއިރު 34466 މީހަކު މަރުވެފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް