ads
ފޮޓޯ: ސީއެންއެން
ބޭ އޮފް ބެންގޯލް ގައި އުފެދިފައިވާ ތޫފާން "އަންޕަން" ވަރަށް ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ
އިރުދެކުނު ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން "އަންޕަން" ބާރުގަދަ ތޫފާނަކަށް ބަދަލުވެފައި ވާކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތު ތަކުގައި ވާގޮތުން، މިހާރު ބާރުގަދަ ތޫފާނަކަށް (ސެވެއާ ސައިކްލޯން) ކުރިއަށް އޮތް 12 ގަޑި އިރު ތެރޭގައި ވަރަށް ބާރުގަދަ ތޫފާނަކަށް (ވެރީ ސެވެއާ ސައިކްލޯން) އަކަށް ބަދަލުވާނެ އެވެ. އަދި މިތޫފާން އުތުރު ބޭ އޮފް ބެންގޯލް އަށް ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

your imageފޮޓޯ: މެޓް އޮފީސް

އެހެން ނަމަވެސް މި ތޫފާނުގެ ވިއްސާރަ ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. 

މެޓް އޮފީހުން ބުނީ ރާއްޖެއަށް ގަދަ ވަޔާއި އެކު މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. 

ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް، މިއަދު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 9:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން އާންމު ގޮތެއްގައި 25 މޭލާ 30 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެކަމަށް  ކޮށްފައިވާއިރު، ވިލާގަނޑުގައި 55 މޭލަށް ވައިގަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް