ads
އެންމެން އާލިއާއަށް ސުވާލުކުރަނީ އިސްތަށިގަނޑު ކޮށައިދިނީ ކާކުތޯ!
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓުގެ ލޯބީގެ ވާހަކައަކީ މިހާރު އާވާހަކައެއް ނޫނެވެ. ވަރަށް ފާޅުގައި މި ދެތަރިން އަންނަނީ އެކަކު އަނެކަކު ދެކެވާ ލޯބި ދައްކަމުންނެވެ.

މިފަހުން އާލިއާ ހިއްސާކުރި ފޮޓޯއަކާއި ގުޅިގެން ގިނަ ބަޔަކު އާލިއާއަށް ސުވާލެއް ކުރަމުންނެވެ. އެއީ އޭނާގެ އިސްތަށިގަނޑު ކޮށައިދިނީ ކާކުތޯ އެވެ. ސަޕޯޓަރުން ބުނަމުން އަންނަނީ އެކަން ކުރި މީހަކީ ރަންބީރު ކަމަށެވެ. 

ކޮންމެއަކަސް އިންސްޓަގްރާމު މެދުވެރިކޮށް އާލިއާ ވަނީ ބޯކޮށާފައި ހުރި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެގޮތުން ކަސްރަތު ކުރުމަށް ފަހު ނަގާފައިވާ އެ ފޮޓޯގައި އޭނާ ވަނީ އިސްތަށިގަނޑު ކޮށާފައި ވަނީ ގޭގައި ކަމަށް ބުނެފަ އެވެ. އަދި އެކަން ކޮށްދިނީ ލޯބިވާ ބައެއް ކަމަށް ބުންޏެވެ. މިއާއެކު އެންމެން އިނގިލިދިއްކުރަން ފެށީ އެކަން ކުރީ ރަންބީރު ކަމަށް ބުނެ އެވެ. 

އުމުރުން މިހާރު، 27 އަހަރުގެ އާލިއާ އާއި 37 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި ދެ ތަރިންގެ ގުޅުމަށް އެކަކު އަނެކަކުގެ އާއިލާއިން ވެސް ވަރަށް ރުހެ އެވެ.

މިއަހަރުގެ ތެރޭގައި އެ ދެތެރިން ކައިވެނިކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު މިހާތަނަށް ދެ އާއިލާއިން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް