ads
އެމްއެމްއޭ މައި އޮފީސް
ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފްވި 3 ކުންފުންޏެއްގެ ލައިސެންސް ބާތިލް ކޮށްފި
ބޭރު ފައިސާ މާރުކުރުމާ ބެހޭ ގަވާއިދާ ހިލާފުވި ތިން ކުންފުންޏެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އެ ކުންފުނިތަކަށް ދޫކޮށްފައިވާ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލުކޮށްފި އެވެ.
Advertisement

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށެވެ. މީގެ ތެރެއިން އެލްވީއާރު އިންވެސްޓްމަންޓާއި މޭޑް މަނީ އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވަނީ ކޮންމެ ކުންފުންޏެއް 250،000ރ. އިންނެވެ. އަދި މައިޒޯން އެކްސްޗޭންޖް ވަނީ 500،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

މި ތިން ކުންފުނި ޖޫރިމަނާކުރުމުގެ އިތުރުން، އެ ތަންތަނަށް ދޫކޮށްފައިވާ ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ވެސް އެމްއެމްއޭ އިން ވަނީ ވަގުތުން ބާތިލުކޮށްފަ އެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ ގަވާއިދާ ހިލާފަށް ބްލެކް މާކެޓުގައި ބޭރު ފައިސާ މާރުކުރާ ފަރާތްތައް ދެނެގަތުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެގޮތުން، ފައިސާ މާރުކުރާ ފަރާތްތަކުގެ މުއާމަލާތްތައް ވަރަށް ގާތުން މޮނީޓާ ކުރުމުގެ މަސައްކަތް އެމްއެމްއޭ އިން މިހާރު ކުރަމުންދާއިރު، މީގެ ކުރިން ވެސް ގަވާއިދާ ހިލާފުވި ބައެއް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް