ads
ކުރީގެ ރައީސް ނަޝީދު
ރަސްމާލެ މަޝްރޫއު ހިންގުމުގެ ކުރިން ވޯޓެއް ނަގަން ރައީސް ނަޝީދު ގޮވާލައްވައިފި
ކ. ފުށިދިއްގަރުފަޅުން 1،000 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ އިން ބޮޑު ބިމެއް ދިނުމުގެ ކުރިން "ވޯޓެއް" ނަގަން ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖައާ (ރިވައިޒް)  ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުމަށް ގޮވާލާފައި އެވެ.

ނަތީޖާ:

  • ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރު ކުރެވި، ގައުމުގެ މަންފާއަށް ވުރެ ސިޔާސީންގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ގެނެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ތައާރަފުވުން

  • އިތުރަށް ކިޔާލަން: "މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ބަދަލު ކުރުމަށް ހިންގާ ހަރަކާތެއް"

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންކަން ހުރި ކަމަށާއި އެކަން ހިންގަން ރައްޔިތުންގެ ތާއީދާ އަގުލަބިއްޔަތު ހޯދަން ޖެހޭ ކަމަށެވެ. 

"ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ކުރެވިދާނެ. ގަބޫލުކުރެވިދާނެ. އެހެންނަމަވެސް އެ ތަސައްވަރުތައް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވަނީނަމަ ކަންކަން ދާނީ ކާމިޔާބުނުވެ، ކަމެއް ކާމިޔާބުކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދު ރުހުން އޮންނާންޖެހޭ،" "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަަޝްރޫއާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ މަޝްރޫއުއާ މެދު މިހާރު މި ހުރި ކަންބޮޑުވުންތައް، ރައްޔިތުންގެ މެދުގައި ބަހުސްކުރެވި އެ މައްޗަށް ރައްޔިތުން ގޮތެއް ނިންމަންޖެހޭ ކަމަށާއި ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި، އެ މަޝްރޫއު ކުރިއަށް ގެންދަނީނަމަ އެއީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ފުށިދިއްގަރު ފަޅުގައި ސަރުކާރުން ހިންގަން އުޅޭ ރެޒިޑެންސީ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ވެސް ނަގަންޖެހޭ ކަމަށާއި އެކަމަށް ޓަކައި އަޑުއުފުލުމަށް އެމްޑީޕީން ނިންމާފައިވާއިރު، ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެމްޑީޕީގެ އެއްވުމެއް އޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރަސްމާލޭގައި ހިނގަން ނިންމާފައިވާ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. 

"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިނގާނެ ކަމެއް ނޫން. މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މި ހުރީ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައި މި އޮތީ ސީދާ ގާނޫނުގައި،" މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވެފައި ވެ އެވެ.

މަޝްރޫއަށް ފެށުނީއްސުރެ ތާއީދު ކުރައްވާ ނަޝީދު ވިދާޅުވީ ދައުލަތުން އެއްޗެއްގައި ސޮއިކޮށްފައި އޮއްވައި، ފަހުން ދެން އެ ކަމުގައި އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން ޒިންމާދާރު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މުރާޖައާ ކުރެވިދާ ކަންކަން. އެކަމަކު ކަންކަން ބާތިލް ކުރާނެ ކަމަށް، އެއްލާލާނެ ކަމަށް، އެ ބާވަތުގެ ވާހަކަތައް ދެއްކީމާ ދޭދޭ ގައުމުތަކާ ގުޅުން އެބަ ގޯސްވޭ. އަދި ދިވެހި ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް އެބަ ލިބޭ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތުން "ސޮވަރިން އެގްރީމަންޓް" ގައި ސޮއިކޮށްފައި އޮއްވައި، އެއްބަސްވުން ބާތިލް ކޮށްފި ނަމަ ދޭންޖެހޭ ބަދަލުތަކުގެ ވާހަކަތައް ވެސް ބަޔާންކޮށްފައި ވާނެ އެވެ. 

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ މަޝްރޫއަކީ ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ރާއްޖޭގައި ވަަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއް ކަމަަށް ސިފަކޮށް އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީން ބައިވެރި ވެ  އެވެ. އަދި އެ ޕާޓީގެ ގައުމީ މަޖިލިހުން ވެސް ފާސްކޮށްފައި ވަނީ އިހުތިޖާޖު ކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް