ads
ފުލުހުން ޓޭޒާ ގަން ދައްކާލަނީ----
ރައްކާތެރިކަމަށް ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށައިފި
ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުން ކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. .

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއި، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ސީއީޑަބްލިއު ނުވަތަ ޓޭޒާ ބޭނުން ކުރާއިރު ފޯސް ރެގިއުލޭޝަންގެ މަތިން ބޭނުން ކުރާތަން މޮނިޓަރު ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން، މި ހަތިޔާރު ފުލުހުން ބޭނުން ކުރާ ގޮތް މޮނީޓަރު ކުރުމަށްޓަކައި ބޮޑީކެމެރާ ވެސް ބޭނުން ކުރެވިގެން ދާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މިވަގުތު ޓޭޒާ ގަން ބޭނުން ކުރަނީ އަޖުމަ ބެލުމުގެ ގޮތުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް