ads
ފުވައްމުލަކުގެ މަގެއް
ވިޔަފާރިކުރުމުގައި އަމަލުކުރާ މުއްދަތު ފުވައްމުލަކު ސިޓީގައި އަނެއްކާވެސް އިތުުރުކޮށްފި
ފުވައްމުލަކު ސިޓީގައި ވިޔަފާރިކުރުމުގައި އަމަލުކުރަމުންދާ އޫސޫލުގެ މުއްދަތު އިތުރުކޮށްފި އެވެ

ސީއެމްއެމްއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ސިރާރް ވިދާޅުވީ ކޮވިޑް-19 ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅުގެ ތެރެއިން ކުރިން  ފިހާރަތައް ހުޅުވާ އުސޫލަށް އަމަލުކުރުން އެސިޓީގައި ހުއްޓާލާފައި ވާކަމަށެވެ.

ނަމަވެސް  ބޭންނުންވާ ތަކެތި ގަތުމަށް ފިހާރަ ހުޅުވަމުން އަންނައިރު އެ އޫސޫލުގެ މަތިން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާނެކަމަށެވެ. އެގޮތުން  މި މުއްދަތުގެ ތެރޭގައި ފިހާރަތަކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލާއި އެއްގޮތަށް ތަކެތި ގޭގެއަށް ޑެލިވަރީ ކުރެވޭނެކަމަށް ސިރާރް ވިދާޅުވި އެވެ.

އަދި މުއްދަތު އިތުރުކުރީ މުޅި ރާއްޖެއަށް އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވުމާއެކު ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްކަމަށްވެސް ސިރާރްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ފުވައްމުލަކުގައި ސިޓީގައި  އާންމު އުސޫލުން ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވައިގެން އެކަން ކުރުން މަނާކުރީ 23 އެޕްރީލްއިން ފެށިގެން މެއި މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ. އެގޮތުން  ތިން ވަނަ ފަހަރަށް  ވިޔަފާރި ކުރުމުގައި އަމަލުކުރާ އުސޫލުގެ މުއްދަތު އިތުރު ކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް