ads
ވީއައިއޭއަށް ފުރަން ގޮސް ތިބި ބައެއް
ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގްވާމީ ދަތުރުތައް ފަށަނީ
ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގްވާމީ ދަތުރުތައް ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗު މަހުގެ 27 ގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރިއިރު ފަތުރުވެރިކަން އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްނުވާނަމަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އެއާޕޯޓް ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެއާއެކު ރާއްޖޭގެ ރިސޯޓުތައް ހުޅުވުމުގެ ހުއްދަދޭން ވެސް ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް މިރޭ ވަނީ މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 15 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުނަށް ވެސް ލުޔެއްދޭން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ.

އެގޮތުން ކެފޭ ރެސްޓޯރަންޓްތަކާއި އޮފީސްތަކުގެ އިތުރުން ސްކޫލުތައް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ބަލި ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދެއްވަން ނިންމާފައިވާކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ވިދާޅުވީ އެގޮތަށް ކަންކަން ކުރައްވާނީ ވަކި ފިޔަވަހިތަކަކަށް ވެސް ބަހާލައިގެން ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރިސޯޓުތައް ހުޅުވުމުގެ ހުއްދަދެވިގެންދާއިރު ކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް ވެސް ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއެކު ކަނޑައަޅަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް