ads
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ އާބާދީ
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، ކައުންސިލްތަކައް އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ސިޓީ އަދި ރަށްތަކުގައި ރެޖިސްޓްރީ ކުރެވިފައިވާ އާބާދީއަށް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، ކައުންސިލްތަކައް އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ސިޓީ އަދި ރަށްތަކުގައި ރެޖިސްޓްރީ ކުރެވިފައިވާ އާބާދީއަށް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން އެގޮތަށް ނިންމާފައި ވަނީ އެ ކޮމިޝަނުގެ 542 ވަނަ އާއްމު ޖަލްސާގައެވެ.

ލާ މަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ ސިޓީ ކައުންސިލް އެކުލެވިގެން ވަނީ ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 10000 މީހުންނާއި 30000 މީހުންނާއި ދެމެދުގެ އަދަދެއް ނަމަ ކައުންސިލްގެ މޭޔަރާއި، ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމްވާ އަންހެން މެމްބަރުން ހިމެނޭ ގޮތަށް ހަތް ގޮނޑި އެވެ.

ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 30000 މީހުންނާއި 60000 މީހުންނާއި ދެމެދުގެ އަދަދެއް ނަމަ ކައުންސިލްގެ މޭޔަރާއި ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމްވާ އަންހެން މެމްބަރުން ހިމެނޭ ގޮތަށް 13 ގޮނޑި އެވެ.

ސިޓީގައި ރެޖިސްޓްރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 60000 މީހުންނަށް ވުރެ އިތުރު އަދަދެއް ނަމަ، ކައުންސިލްގެ މޭޔަރާއި ގާނޫނުން އިންތިހާބު ކުރުން ލާޒިމްވާ އަންހެން މެމްބަރުން ހިމެނޭ ގޮތަށް ނަވާރަ ގޮނޑި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރާއިރު، އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު 13 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. ފުވައްމުލަކު ސިޓީން މޭޔަރާއި އެކު ހަތް މެންބަރުން އިންތިހާބު ކުރާނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް