ads
ރާއްޖެއިން ކުރިން ބަންގްލަދޭޝް މީހުންތަކެއް އަނބުރާ ގައުމަށް ދަނީ--
ރާއްޖޭގައި ތިބި އިންޑިއާގެ 153 މީހުން އެގައުމަށް ގެންގޮސްފި
ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން 153 މީހަކު އަނބުރާ ގައުމަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނި ގޮތުގައި އެމީހުން ފުރާފައި ވަނީ އެއާ އިންޑިއާގެ ފްލައިޓެއްގަ އެވެ. 

އެގޮތުން އެމީހުން ދާނީ އިންޑިއާގެ ދިއްލީއަށް ކަމަށް ވެސް ހައި ކޮމިޝަނުން ބުނެ އެވެ. 

ކޮވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު އެކަމުގެ ސަބަބުން ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުންދާކަމަށް ހައި ކޮމިޝަނުން ވަނީ ކުރިން ބުނެފަ އެވެ.

އެގޮތުން އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައި ވެސް މީހުން ގެންދިއުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު 1488 މީހަކު ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. 

އެއާ އެކު ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ތެރެއިން 1793 މީހުން މިހާރު މިވަނީ އެ ގައުމަށް ގެންގޮސްފަ އެވެ. 

ހައި ކޮމިޝަނުން ބުނާ ގޮތުގައި މަނަވަރުތަކުގައި ގެންދާ މީހުން އެންމެ ފުރަތަމަ ގެންދާނީ އިންޑިއާގެ ކޮޗިންއަށެވެ. އެތަނުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކުރުމަށް ފަހު އެމީހުން ބޭނުންވާ ތަނަކަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށް އެތަނުން ބުނެ އެވެ. 

ރާއްޖޭގައި އުޅޭ އިންޑިއާގެ 100 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އަަނބުރާ ގައުމަށް ގެންދިޔަ ބައެއް މީހުންނަށް ވެސް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް