ads
ދިރާގުގެ ހެޑް އޮފީސް
ދިރާގުން ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދީފައިވާ އޮފާތަށް ޖޫން މަހުވެސް ލިބޭނެ
ކޮވިޑް-19 އާއި ގުޅިިގެން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޯށްދީފައިވާ މޯބައިލް އަދި ހޯމް ފިކްސްޑް ބްރޯޑްބޭންޑް އޮފާތަށް ޖޫން މަހުވެސް ލިބޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ މާޗް މަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ހިސާބުންފެށިގެން އެކުންފުނިން ދެމުން އަންނަ ޑިސްކައުންޓް ތަކާއި ހިލޭ އިތުރު ޑޭޓާ ޖޫން މަހުވެސް ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ މި ދުވަސްވަރަކީ ހުރިހާ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، ޑޭޓާ ބޭނުން ކުރާވަރު ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައި ވާތީ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. 

އެގޮތުން އެކުންފުނިން ޖޫން މަހުވެސް ދިރާގުގެ ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 އިންސަތަ އާއި 140 އިންސަތަ އާއި ދެމެދުގެ ހިލޭ އިތުރު ޑޭޓާ ލިބޭނެކަމަށާއި މާޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން 50 އިންސައްތަ ޑިސްކައުންޓް 15 ޖޫން އާއި ހަމައަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުގެ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50 އިންސައްތަ އާއި 75 އިންސައްތަ އާއި ދެމެދުގެ އިތުރު ޑޭޓާ ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މާޗް މަހުން ދެމުން އައި ޑޭޓާ ބޫސްޓާތަކުން 50 އިންސައްތަ ޖޫން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ. އަދި ހުރިހާ މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުން ބައްލަވައިގަންނަވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް 50 އިންސައްތަ އިތުރު ޑޭޓާ އާއި ވޮއިސް އެޑް-އޮންތަކުން 50 އިންސައްތަ ޑިސްކައުންޓް ވެސް ޖޫން 15 ވަނަ ދުވަހާއި ހަމައަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. 

މީގެ އިތުރުން، މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން ޖޫން މަހުގެ 15 ދުވަހާއި ހަމައަށް 50 އިންސައްތަ އިތުރު އެލަވެންސް ލިބިގެންދާނެ ކަމަށާއި މި މުއްދަތުގައި ހުރިހާ އެލް.ޓީ.އީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓަރ ތަކުން 50 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ. 

ދިރާގުން ބުނީ އެކުންފުނިން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް