ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް ރައީސް ނަޝީދު މެމްބަރުންގެ ކިބައިން އެދެފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ދެން ލަފައަކަށް އެހެން އޮތީ ސުޕްރީމް ކޯޓުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނީ ލަފާ ދެން ހޯދެން އޮތް ތަނަކީ ސުޕްރީމް ކޯޓު ކަމަށެވެ. 

"އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަ ކުރައްވާ ބަންޑާރަނައިބު ވިދާޅުވި އެއްޗެއްގެ މައްޗަކަށް މަޖިލީހުގެ ކޮމިޓީއެއްވެސް މަޖިލީހެއްވެސް އިއްތިފާގުވެ ހިތް ރުހޭ ގޮތެއް ނުވޭ. ކައުންސެލާ ޖެނެރަލް ވިދާޅުވި އެއްޗެއްގެ މައްޗަށްވެސް ހިތް ބަރުވަނީ. ދެން އަޅުގަނޑުމެނަށް އެހެންކަމުން ލަފައެއް އިރުޝާދެއް އެހެން ޤާނޫނުއަސާސީ ބުނާގޮތުގައި މި އޮތީ ސުޕްރީމް ކޯޓު."

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނީ މެމްބަރުން ޤާނޫނުގައި ބުނެފައިވާ ގޮތަށްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިގެން މިކަމުގައި ވަގުތީ ހައްލެއް ހޯދިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން މަޖިލިސް ފައްޓަވަމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނީ ރައްޔިތުންގެ ސިއްރު ވޯޓަކުންކަމަށް ބަޔާން ކޮށްފައިވާކަމަށެވެ. އަދި މުއްދަތު އިތުރު ކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެންނަނީ މި މާއްދާ އެގޮތަށް އޮށްވާކަން ފާހަގަކުރެއްވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީީ ޤާނޫނުއަސާސީ އިސްލާހުކޮށް ނިމޭއިރުގައި އަދި ޤާނޫނުއަސާސީގައި މުއްދަތު އިތުރުކުރާ އިތުރު މާއްދާއެއް (231 ވަނަ މާއްދާގެ (ހ) ) ވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ އެއްމާއްދާ އަނެއް މާއްދާ އާ ފުށުއަރާގޮތަށް ނުބޭއްވޭނެކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް