ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގެ ލަފައާއި އެކު މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފާ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ޖަލްސާއެއް މިރޭ 09:00 ބޭއްވުމަށް ނިިންމާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން ވަނީ ޤާނޫނުއަސާސި އިސްލާހުކުރުމަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް މިއީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވުމުން މެމްބަރު ހަސަން ލަތީފް ވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ވަކި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބަންޑާރަނައިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ މިކަމަށް އޮތް ހައްލަކީ ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ އެޖެންޑާގައި ތާވަލުކޮށް އޭގެ މަސައްކަތް ފެށިއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އިރު މެމްބަރުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް އެދިފައެވެ.

އެކަމުގައި ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ މިހާރު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަދަލުގައި އެ ބިލު ނުވަތަ އެނޫންވެެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށް ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތައް އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް