ads
ބައްސާމްއާއި މަހްލޫފު
ބައްސާމް ކުރިން ގޯހަސް މިހާރު ރަނގަޅު: މަހްލޫފު
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ގޯސް ނަމަވެސް މިހާރު ރަނގަޅު ކަމަށް ޔޫތު މިނިސްޓަރު، އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފު މިހެން ވިދާޅުވީ، އެފްއޭއެމުން ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، "ލެޓްސް ޓޯކް ފުޓްބޯލް" ފޭސްބުކް ލައިވްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު މަހްލޫފަށް ކުއްލިއަކަށް ބައްސާމް ރަނގަޅުވެގެން ވާހަކަ ދައްކަވަމުން ގެންދަވާއިރު، މިނިސްޓަރު ކަމާއި ހަވާލުވެ ކުރީކޮޅު، ވަނީ އެފްއޭއެމްގައި ކުރީގެ ސަރުކާރުގެ ސިޔާސީ މަސައްކަތައް ވެސް ކުރިކަމަށް ތުހުމަތުކުރައްވާފަ އެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި އެފްއޭއެމްގައި ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ހަދައިގެން އެތަނުގައި ކެމްޕެއިން ކުރަން ތިބި ބަޔަކަށް ރަނގަޅު މަސައްކަތެއް ނުކުރެވޭނެ،"

ބައްސާމާއި އެކު ރަނގަޅު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކުރިން ވިދާޅުވި މަހުލޫފުގެ ރާގު އެއްކޮށް މިހާރު ވަނީ ބަދަލުވެފަ އެވެ. އަދި ބައްސާމާއި އެކު ރާއްޖޭން ބޭރުގައި ކުޅޭ ބޯޅަ މެޗުތައް ބައްލަވަން ވެސް ދަތުރުކުރައްވާފައިވާ މަހްލޫފު ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމުން ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ވިދާޅުވީ ބައްސާމް މިހާރު ވަރަށް ރަނގަޅު ކަމަށެވެ.

your imageބައްސާމް އާއި މަހްލޫފު 

"މިހާރު ހަމަ ވަރަށް ރަނގަޅު. ކުރިން އަޅުގަނޑު ފާހަގަ ކުރިހެން، ކުރިން އެ ޖެހުނު މައްސަލަތަކާއި އެކު ދުވަސްގަނޑެއް ދިޔަ. އަޅުގަނޑުމެން ދެން އޭރުގައި ކަންކަންވީ ގޮތުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް. މިހާރު އަޅުގަނޑުމެންނަށް އެކަމުން އަރައިގަނެވި، ގައިމުވެސް އެފްއޭއެމުން ކުރަމުން އަންނަ އެއްވެސް ކަމަކަށް ސަރުކާރުން އަތް ބާނަން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް،"

މިނިސްޓަރު މަހްލޫފަކީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި ކުރިން ގާތް ގުޅުމެއް މަހްލޫފުއާއި އޮތް އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަކީވެސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި ގާތް ގުޅުމެއް އޮތް ފަރާތެއް ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ބައްސާމަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް