ads
ނ. މަނަދޫ - ފޮޓޯ/ މަނަދޫ ކައުންސިލް
މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިިފި
ނ. މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނެފި އެވެ.

މަނަދޫ  ލޮކްޑައުންކޮށް އެރަށަށް އަރާ ފޭބުން މަނާކުރީ މޭ އެއްވަނަ ދުވަހު އެރަށު މީހަކު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާގުޅިގެންނެވެ. އެގޮތުން އެރަށުން ބަލި ޖެހުނީ ޖުމްލަ 10 މީހަކަށް ކަމަށްވާއިރު އުމުރުން ދުވަސްވީ މިހެއް ވަނީ ބަލީ ގައި މަރުވެފަ އެވެ.

އެޗްޕީއޭއިން  މޮނީޓަރިންގެ ހާލަތުން ނެގިކަން އަންގާ މަނަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނީ މިއަދުން ފެށިގެން  އެރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށެވެ. އެގޮތުން މަނަދޫ އާންމު ހާލަތަށް ގެނެސްފައިވަނީ ރޭ 1:05 ގައި ކަމަށްވެސް ސިޓީގައި ބުނެފައިވާއިރު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނޫގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައަޅާފައިވާ ކަންކަން ބަލައިފައިވާކަމަށް އެޗްޕީއޭގެ ސިޓީގައި ބުނެފައިވެ އެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ބާއްވަންޖެހޭ އިތުރު ސަބަބެއް ނެތްކަމަށާއި މޮނިޓަރިންގެ ހާލަތުގައި އަމަލުކުރި ފިޔަވަޅުތައް އުވާލެވިފައިވާކަމަށް ސީޓީގައި ބުނެ އެވެ.

މަނަދޫއިން 10 މީހަކު ބައްޔަށް ޕޮޒިޓިވެފައިވާއިރު ނުވަ މީހަކު ފަރުވާ ދިނުމަށް ބަދަލުކޮށްފައިވަނީ އިރު ފުށީ ކަރަންޓީނު ފެސިލީޓީއަށެވެ. އަދި އެތަނުގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހުންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް