ads
ފޮޓޯ: ރައީސް އޮފީސް
މޭ މަހު ހުރިހާ މައްސަލައެއް ފޮނުވީ އޮންލައިންކޮށް: ޕީޖީ ޝަމީމް
ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތްއިރު މޭ މަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިވާ ހުރިހާ ދައުވާއެއްގެ ލިޔެކިޔުން ފޮނުވާފައިވަނީ އޮންލައިންކޮށް ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި މޭ މަހު ޕީޖީ އޮފީހުން 45 މައްސަލައެއްގައި 77 ދައުވާއެއް ކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ. އަދި ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވަނީ އޮންލައިން ކޮށްކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން އޮންލައިންކޮށް އަތޮޅުތަކުގެ ކޯޓުތަކަށްވެސް ލިޔެކިޔުން ފޮނުވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވި ލޮކްޑައުނާއި އެކު އޮންލައިން ކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކޯޓުތަކުން އަންނަނީ ނިންމަމުންނެވެ. އަދި ބައެއް އަޑުއެހުންތައް އޮންލައިކޮށް ކުރިއަށް ގެންގޮސްފައިވެސް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް