ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހު ކޮށްފި
ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހު ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ޤާނޫނުއަސާސީއަށް ހުށައެޅި އިސްލާހު ފާސް ކޮށްފައިވަނީ 74 މެމްބަރުންގެ ވޯޓުންނެވެ. އަދި ޤާނޫނުއަސާސީ އިސްލާހުކުރުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. 

ޤާނޫނުއަސާސީއަށް ގެނައި އިސްލާހު

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސުޕްރީމް ކޯޓުގެ ލަފައާއި އެެއްގޮތަށް ގެނެސްފައިވާ އިސްލާހެކެވެ. 

އެގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިންތިގާލީ ދެ އަކުރެއް އިތުރުކޮށްފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ތިނެއް ޖޫން 2017 ގައި އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މަގާމުގައި ދެމިތިބޭނެކަމަށެވެ. 

މީގެ އިތުރުން އެ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަނޑައަޅަންވާނެ ކަމަށެވެ.

ދަންވަރު ވޯޓަށް އަހަން ޖެހުނީ ކީއްވެ؟ 

ޤާނޫނުއަސާސީގެ އިސްލާހަށް ދަންވަރު ވޯޓަށް އަހަން ޖެހުނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުން އަވަސް ކުރުމަށް އެއްބަސް ނުވުމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނި ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުން ކަމަށެވެ. އަދި އެނޫންގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް ގަވައިދުގައި ވެއެވެ. 

އެހެން ނަމަވެސް އެގޮތަށް ޤާނޫނުއަސާސީގެ އިސްލާހުގެ މަސައްކަތް އަވަސް ކުރުމަށް ސަލީމް އެއްބަސްވެވަޑައި ނުގެންނެވީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް