ads
ރޮހްމާލިއާ
ޒުވާން އަންހެން ކުއްޖަކު ކްރިކެޓްގެ ރެކޯޑެއް
ޓީ20 ގެ ބައިނަލްއަގްވާމީ ތާރީހުގައި ވެސް އެންމެ މޮޅު އަދަދުތައް ހޯދި ސްކޯރ، އިންޑޮނީޝިއާގެ 17 އަހަރުގެ އަންހެން ކުއްޖަކު ހަދައިފިއެވެ.

އިންޑޮނޭޝިއާގެ ރޮހްމާލިއާ ވަނީ ޓީ20 ގެ ބައިނަލްއަގްވާމީ ތާރީހުގައި ވެސް އެންމެ މޮޅު އަދަދު ކަމަށްވާ 7-0 ހަދާފައެވެ. 

އޮފް ސްޕިނަރު ރޮހްމާލިއާ، މި ސްކޯރ ހަދައި މި ކާމިޔާބީ ހާސިލްކުރީ ބައިނަލްއަގްވާމީ ފުރަތަމަ މެޗުގައި ބާލީގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު ފަސް ވަނަ ޓީ20 މެޗުގަ އެވެ. މޮންގޯލިއާ މޮޅުވާން 152 ލަނޑު ހެދި ފަހުން 16.2 އޯވަރުގެ ތެރޭގައި އެންމެ 24 ލަނޑު ހެދި އެވެ.

ރޮހްމާލިއާ 3.2 އޯވަރު ބޯޅަ ޖަހައި ފުރަތަމަ ބޯޅައިން ވިކެޓެއް ނެގިއިރު، ދެން ކުޅެން އެއި ފަސް ކުޅުންތެރިންނަށްވެސް ވަނީ ލަނޑެއް ހެދިޔަ ނުދީފައެވެ.

ފިރިހެން ޓީ20 މުބާރާތުގެ އެންމެ މޮޅު ފިގަރސްތަކަކީ 2023 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި މެލޭޝިއާގެ ސިޔާޒްރޫލް އިދްރަސް ހެދި 7-8 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް