ads
ފޮޓޯ: ރައީސް އޮފީސް
ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ޤާނޫނުއަސާސީއަށް ހުށައެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ރޭ ދަންވަރުއެވެ. 

ރައީސް ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސް މިއަދު ތަސްދީގު ކޮށްފައިވާކަމަށެވެ. 

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސުޕްރީމް ކޯޓުގެ ލަފައާއި އެެއްގޮތަށް ގެނެސްފައިވާ އިސްލާހެކެވެ. 

އެގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް އިންތިގާލީ ދެ އަކުރެއް އިތުރުކޮށްފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ތިނެއް ޖޫން 2017 ގައި އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މަގާމުގައި ދެމިތިބޭނެކަމަށެވެ. 

މީގެ އިތުރުން އެ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނޭ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަނޑައަޅަންވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް