ads
ވީއައިއޭ ވެސްޓް އޭޕްރަން ތަރައްގީ ކުރަނީ/ ފޮޓޯ:އެމްއޭސީއެލް
ވީއައިއޭ ވެސްޓް އޭޕްރަން މަރާމާތުކޮށް ޖާގަ ބޮޑުކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ވެސްޓް އޭޕްރަން މަރާމާތުކޮށް ޖާގަ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއޭލް) އިން ކުރީ ޓްވީޓެއްގައި ބުނެފައި ވަނީ ވެސްޓް އޭޕްރަން އިންް 35،000 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތު ކުރަން ފަށާފައިވާކަމަ ށެވެ. އެގޮތުން އެ މަސައްކަތް ނިންމާލެވޭއިރު ދެ ކޯޑް އެފް މާސް ސްޓޭންޑު ގާއިމް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. 

އެމްއޭސީއެލް އިން ވަނީ މި ސަރަހައްދު ތަރައްގީކޮށް ނިމުމުން އެތާގައި އޭ 380 މަރުކާގެ ދެ ބޯޓު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް ބުނެފަ އެވެ. 

އެކުންފުނިން ވަނީ ވީއައިއޭ ގެ ހުޅަނގު ދެކުނުގައި ތަރައްގީކުރި އޭޕްރަންގެ މަސައްކަތް ނިންމާ މާޗު މަހު ހުޅުވާލާފަ އެވެ. 

ވީއައިއޭ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫ ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެ ސަރުކާރުން ފެށި އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ކޯޑު އެފް ރަންވޭ އެއް ވަނީ ވީއައިއޭ ގައި ތަރައްގީ ކޮށްފަ އެވެ. އަދި އެ ޕްރޮޖެކްޓުގެ ދަށުން ޒަމާނީ ފިއުލްފާމަކާއި ސީޕްލޭން ޓާމިނަލް އެއްގެ އިތުރުން އާ ޕެސެންޖާ ޓާމިނަލް އަކާއި ވީއައިޕީ ކޮމްޕްލެކްސް އެއްވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް