ads
ހަނާން
ބަޓަފްލައި ގައުމީ ރެކޯޑް ހަނާން އާކޮށްފި
އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެގައުމީ ރެކޯޑް ހަނާން ހުސައިން ހަލީމް އާކޮށްފިއެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ހަނާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 00:31.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ހަނާން އެވެ. އެއީ މިއަހަރު ފެބްރުވަރީ މަހު ތައިލަންޑްގައި ބޭއްވުނު ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ ސްވިމިންގ އިންވިޓޭޝަނަލް ކޮމްޕެޓިޝަންގައި 00:32.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް