ads
މެދު އުމުރުގައި ފަލަ ވުމަކީ ހާޓް އެޓޭކް ޖެހެމުގެ ފުރުސަތު ބޮޑުކަމެއް
އިންސާނުން މެދު އުމުރުގައި ފަލަ ވުމަކީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އިންސާނުން މެދު އުމުރުގައި ފަލަ ވުމަކީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މެދު އުމުރަކީ 45 އަހަރާއި 65 އަހަރާއި ދެމެދެވެ.

މެދުއުމުރުގައި ފަލަވުމާއި ގުޅޭގޮތުން ޗައިނާގެ ވަނޑޭބިލްޓް ޔުނިވާސިޓީ އިން ވަނީ 35,989 ފިރިހެނުންނާއި 48,377 އަންހެނުންނެގެ މެދުގައި ސާވޭއެއް ކޮށްފައެވެ.

އެ ސާވޭއިން ދައްކާގޮތުން ޒުވާން ދުވަސްވަރުގައި ހުންނަ ބަރުދަނަށްވުރެ 19 ކިލޯ އިތުރަށް ބަރުވާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު 45 ޕަސަންޓަށް ބޮޑުވެއެވެ.

މި ދިރާސާ ދައްކާގޮތުން 40 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުން 5 ކިލޯ އިތުރަށް ބަރު ވުމަކީ ވެސް ސްޓްރޯކްޖެހުމުގެ ފުރުސަތު 26 ޕަސަންޓަށް އިތުރުވާކަމެކެވެ.

މެދުއުމުރުގައި ފަލަވާކަން ފާހަގަވާނަމަ އަވަހަށް ސިއްހީ އެހީތެރިއެއްގެ ފަރާތުން މައުލޫމާތު ހޯދައި ބަރުދަން އިތުރުވިޔަ ނުދިނުމަށް މަސައްކަތް ކުރުން މުހިންމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް