ads
އައިޖީއެމްއެޗް--
މަހެއްގެ ތެރޭގައި އިހުމާލުވުމުގެ ހަ މަރު، މައްސަލަ ބަލާނެ މީހެއް އަދިވެސް ނެތް!
ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި ހޮސްޕިޓަލުތަކުގެ އިހުމާލުވުންތަކުގެ ވާހަކަތައް ވަނީ އިތުރުވެފަ އެވެ. ސޯޝަލް މީޑީއާގައި މިވާހަކަތައް އެތައް ގޮތަކަށް ދެކެވިގެން ދިޔައަސް ބަދަލު ނުވާ އެއްކަމަކީ ގެއްލިގެން ދިޔަ ފުރާނަތަކުގެ ވާހަކަ އެވެ.

ހޮސްޕިޓަލެއްގެ އިހުމާލުންނޭ ބުނެ، މިދިޔަ މަސް ދުވަހުގެ ތެރޭގައި އެންމެ ފުރަތަމަ މަރެއްގެ އަޑު އިވުނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު އއ. ތޮއްޑޫގައި ހުރި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވުމުގެ ސަބަބުން އެ އަންހެން މީހާގެ ދަރިފުޅު ވަނީ ބަނޑަށް މަރުވެފަ އެވެ. 

އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ދެވަނަ މަރުގެ ވާހަކަ އަޑު އިވުނެވެ. މޭ މަހުގެ 22 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖަކު ޑޮކްޓަރުން އިހުމާލުވުމުގެ ސަބަބުން މަރުވި ހަބަރެވެ. 

ތިން ވަނަ މަރުގެ ވާހަކަ އަޑު އިވުނީ އޭގެ އެންމެ ދެ ދުވަސް ފަހުންނެވެ. މޭ މަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫގައި މާބަނޑު އަންހެނަކު ށ. އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ގެންދިމުގެ ހުއްދަ ލިބިފައިނުވާ ކަމަށް ބުނެ ހޮސްޕިޓަލަށް ނުދެވުމުން، ށ. މިލަންދޫ އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ވަނީ ބަޑަށް މަރުވެފަ އެވެ. 

އޭގެ ފަހުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ މީހަކަށް ހޮސްޕިޓަލުން ފަރުވާ ނުދެވުމުގެ ސަބަބުން މަރުވެފައި ވާކަމަށް އޭނާގެ އާއިލާއިން ބުނެފައި ވަނީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. 

ފަސް ވަނަ އަދި ހަ ވަނަ މަރުވެފައި ވަނީ މިއަދެވެ. ދ. ކުޑަހުވަދޫގައި ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު ދެކުދިންނަށް ބޭނުންވާ އިތުރު ފަރުވާ އެރަށުގައި ލިބެން ނެތުމުން ހުއްދަ ހޯދަން ކުރި މަސައްކަތުން އާސަންދައިން ލިބެންޖެހޭ ހުއްދަތައް ނުލިބި ލަސްވުމުން އެ ދެކުދިން ވަނީ މަރުވެފަ އެވެ. 

މީގެ ދެތިން ދުވަސްކުރިން ހޮސްޕިޓަލުން ފަރުވާ ދިނުމުގައި ލަސްވުމުގެ ސަބަބުން ދަރިފުޅުގެ މުހިންމު ގުނަވަނެއް ސަލާމަތްނުކުރެވި ނަގަންޖެހުނު ހިތާމަވެރި ވާހަކަވެސް ބައްޕައެއް ވަނީ ސޯޝަލްމީޑިއާ ގައި ހިއްސާކޮށްފަ އެވެ. 

މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަން އެނގިގެން ހިނގާފައި ހުރި ބޮޑެތި އިހުމާލު ތަކެވެ. މިފަދަ އެތައް އިހުމާލެއް ނޭނގި ހިނގާފައި ހުރުން އެކަށީގެންވެ އެވެ. 

ހޮސްޕިޓަލުތަކަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ހޮސްޕިޓަލުތަކުން ބަލަމުން އަންނައިރު އެކަން ކުރަން ގާނޫނުން މަތިކޮށްފައި ވަނީ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް އަށެވެ. 

އެ ކޮމިޝަނަރުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ބަލައި އެތަންތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލަންޖެހެ އެވެ. 

އެކަމަކު އެކަން ގާނޫނުން ލާޒިމް ކޮށްފައިވާތާ ހަތަރު އަހަރުވީއިރު ވެސް އެ މަގާމަށް މީހަކު އައްޔަނު ކޮށްފަ އެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް