ads
ގައްސާން މައުމޫން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނުފުއްދޭ ވައުދުތައް ނުވުމަށް ސަރުކާރަށް ޣައްސާން ގޮވާލައްވައިފި
ހުސް ވައުދުތައް ނުވުމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން، ސަރުކާރަށް ގޮވާލައިފި އެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ، ދިވެހި ސަރުކާރުގެ ރިލީފް ޕެކޭޖުގެ ދަށުން ފްރީލޭންސަރުންނަށް ދޭން ވައުދުވި ފައިސާ ކޮބާތޯ ސުވާލު އުފައްދަވާފަ އެވެ. 

އެގޮތުން، ރިސޯޓު މަސައްކަތްތެރިންނާއި، މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން އާޓިސްޓުންނާއި މިއުޒިޝަނުން އަދި ފޮޓޯގްރަފަރުން ފަދަ ފްރީލޭންސަރުންނަށް ދޭން ބުނެފައިވާ ފަންޑުތައް ކޮބާތޯ ސުވާލު އުފެއްދެވި އެވެ.


އޭގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަށް ޔަގީންކަން ދިން ކަމުގައިވިޔަސް ދިވެހި ސަރުކާރުން ވަނީ ބިލިއަނުން ރުފިޔާ ޗާޕުކޮށް އިގްތިސާދަށް ޕަމްޕު ކޮށްފައި ކަމަށް ޣައްސާން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން 800 މިލިއަން ރުފިޔާ ޕްރިންޓުކޮށް ވަނީ އިގްތިސާދަށް ނެރެފަ އެވެ. އަދި މިހާ ގިނަ އަދަދެއްގެ ރުފިޔާ އެއްފަހަރާ ޗާޕުކޮށް އިގްތިސާދަށް ނެރެފައިވުމަކީ މުސްތަގުބަލާމެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކުރީގެ މާލީ ވަޒީރު އަހްމަދު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް