ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--
މި ސަރުކާރަކުން ފުލުހުންގެ މައްޗަށް ނުފޫޒެއް ނުފޯރުވާނެ: އިމްރާން
މި ސަރުކާރުން ފުލުހުންގެ މުވައްސަސާގެ މައްޗަށް ނުފޫޒު ނުފޯރުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން މިރޭ ވަނީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެ މައްސަލައެއް ބަލައި އިންސާފު ހޯދައިދޭނެ ކަމަށާއި އެގޮތުން ގާނޫނު އަސާސީ އިސްލާހުކުރުމަށް މިމަހުގެ ދެވަނަ ދުވަހުގެ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން އެ މައްސަލަަތައް ބެލުމުގައި އެމަނިކުފާނުގެ އިތުރުން މި ސަރުކާރުންނާއި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ މައްޗަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން  ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ  ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރު ވެސް ކާމިޔާބު ކުރެވިފައި ނުވާއިރު މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު އިމްރާނުގެ ހުންނަވައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން ކުރެވުނު ސުވާލެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ތެރެއަށް ވަނުމަކީ ސަރުކާރުންކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެތަނުގައި ވަކި ކަހަލަ ނިޒާމުތަަކަކާއި އުސޫލުތަކެއް އޮންނަ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ތެެރެއަށް ނުފޫޒު ފޯރުވުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫން. މީގެ ކުރިން އެބަ ހުރި ދެއްތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާރުމަތިން އެއްލާލާއި މަޖިލީހުގެ އެތެރޭގައި ތަފާތު ހަރަކާތް ހިންގައި. އަޅުގަނޑުމެން ބޭނުން ސަރުކާރުން މަޖިލީހުގެ ތެރެއަށް ނުފޫޒެއް ނުފޯރުވާކަން ކަށަވަރުކުރަން،" އިމްރާން ވިދާޅުވި އެވެ.

މަޖިލީހުގައި ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ އޭނާ ވަނީ ފުލުހަށް ހުށަހާޅަފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް