ads
ޓެރަރިސްޓްގެ ވީޑިއޯ: މޫނުމަތި ރީތިކުރުމުގެ އަމަލެއް!
ނުހަނު ފަހުން އެންމެންގެ ސަމާލުކަން ހޯދީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވަމުން އަންނަ ދިވެއްސެއް ވީޑިއޯ އަށެވެ. ދިވެހި ބަހުން އޭނާ ދިން އިންޓަވިއުގައި އޭނާ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާ ސަބަބު ބަޔާންކޮށްފައިވެ އެވެ.
ގިނަ ބައެއްގެ ސަމާލުކަން މިހާރު ލިބިގެން މިއުޅެނީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވަމުން އަންނަ ދިވެއްސެއްގެ ވީޑިއޯ އަށެވެ. ދިވެހި ބަހުން އޭނާ ދިން އިންޓަވިއުގައި އޭނާ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާ ސަބަބު ބަޔާންކޮށްފައިވެ އެވެ.

ތެދުތެދަށް ބުނާނަމަ އެ މަންޒަރު ސިފަވަނީ އެ މީހުން މޫނުމަތި ރީތި ކުރުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ. ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި، ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލުން ފަދަ ބޮޑެތި ހަމަލާތަކުގެ ފަހަތުގައި ތިބީ، ދީނީ ހަރުކަށި ފިކުރުގެ ބައެއްކަން ތަހުގީގީ އިދާރާތަކުން ހާމަކުރުން ވެގެންގޮސްފައިވަނީ މިފަދަ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ދިވެހިންގެ ނަފުރަތު އަމާޒުވާން ފެށި ކަމެކެވެ.

ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. އެކަން ބަދަލުކުރުމަށް ދިވެހިން ފުރުސަތު ނުދޭނެ އެވެ. ތާރީޚު އެކަމަށް ހެކި ދެއެވެ. އަދި ދިވެހިންގެ އިސްލާމީ އަގީދާ ވަރުގަދަކޮށް ދެމެހެއްޓުމަށް ދީނީ އިލްމުވެރިން އަދި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމީ ފެންނާން އޮތް ހަގީގަތެކެވެ.

އެހެންނަމަވެސް ދިވެހިންގެ ތެރެއިން ބައެއް ޝެއިޚުން ވިދާޅުވާ ފަދައިން، ދީނީ ހަރުކަށި ފިކުރަށް ތަބާވެ ހަނގުރާމަތަކަށްދާ މިފަދަ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ކަމެއް އޮވެ އެވެ. އެއީ އެމީހުންގެ ފާޑުކިޔުން ރާއްޖޭގެ ޝެއިޚުންނަށް އަމާޒުވާ ކަމެވެ. އެ ޝެއިންޚުންގެ ދަރުސްތަކުން މިފަދަ މީހުން ނިކުމެގެން ދަނީ އެ ޝެއިޚުންނަށް ފާޑު ކިޔަމުންނެވެ. އަދި ސޯޝަލް މީޑިއާގައިވެސް މި މަންޒަރު ފެންނަނީ ހަމަ މިގޮތަށެވެ. އެހެންނަމަވެސް މި ވީޑިއޯ ފެނިގެން ގޮސްފައިވަނީ އެމީހުންގެ މައްޗަށް ކުރެވޭ އެތުހުމަތުތައް ބަދަލުކުރުމަށް ކުޅެފައިވާ ޑްރާމާއެއްގެ ގޮތުގަ އެވެ.

ދެން އޮތީ އެވީޑިއޯ އިން ފެންނަ ހަނގުރާމަވެރި ޓެރަރިސްޓް ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ދެއްކި ވާހަކަތަކެވެ. އޭނާއަށް ރާއްޖެ ސިފަވަމުން އަންނަ ގޮތުގެ ވާހަކަ އެވެ. ރާއްޖޭގައި ގޯހުން ހިނގަމުން އަންނަ ކަންކަމުގެ ވާހަކަ އެވެ. އުފެދޭ ސުވާލަކީ ރާއްޖޭގައި އެފަދަ ކަމެއް ހުރިނަމަވެސް، އެކަންކަން އިސްލާހު ކުރެވޭނީ ބޭރު ގައުމެއްގެ ހަނގުރާމައިގައި ބައިވެރިވެގެންތޯ ކުރެވޭ ސުވާލެވެ. ރާއްޖޭގެ ކަންކަން ހައްލުކުރުމަށް ބޭނުންވާނަމަ އެކަން ކުރެވޭނީ ރާއްޖޭގައި ތިބެ އެކަމަށް އޮންނަ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކޮށްގެން ނޫންތޯ އެވެ. ވީއިރު ރާއްޖެއިން ބޭރުގެ އެހެން ގައުމެއްގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެގެން، ދިވެހި ފަސްގަނޑަށް ލިބޭނީ ވަކި ކޮން ފައިދާ އެއްތޯ އެވެ؟

ވީޑިއޯ އިން ދޭން އުޅުނު މެސެޖު ވަރަށް ސާފެވެ. ކުރަން އުޅުނުހާވެސް މަސައްކަތަކީ އެމީހުންގެ މޫނުމަތި ރީތި ކުރުމެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ފަދައިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތްކުރާނަމަ، އެކަމަކީ އަޅާނުލައި ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް