ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން----ފޮޓޯ:ހެލްތު މިނިސްޓްރީ
ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ގާއިމު ކުރަނީ
ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ހުޅުމާލޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ހުޅުމާލޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، މިރޭ 8:00 އިން ފެށިގެން ހުޅުމާލޭގައި ސެންޓަރެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަކާއި ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދޭނީ އެތަނުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، އެއްވެސް ވަރަކަށް ހިމަބިހީގެ އަލާމާތެއް ފެނޭތޯ، ސިއްހީ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް އަޅުގަނޑުމެން މިދަނީ ބަލަމުން" މިނިސްޓަރު އަމީނު ވިދާޅުވިއެވެ.

ރާއްޖޭގައި ހިމަބިހި ނުވަތަ މީސުލްސް ފެތުރެމުންދާ ކަމަށް ސަރުކާރުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެކުރިން ރަސްމީކޮށް އިއުލާންކޮށްފައިވީ ނަމަވެސް ހިމަބިހި އަލުން ރާއްޖެއިން ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލައި މިހާރު އަމަލުކުރަމުން ދަނީ ރާއްޖޭގައި ހިމަބިހި "އައުޓްބްރޭކް" ވުމުން އަމަލުކުރަމުންދާ ގޮތަށެވެ.

މިމަހުގެ އަށް ވަނަ ދުވަހު ހިމަބިއްސަށް ޝައްކުކުރުނު އުމުރުން ތިން އަހަރުގެ ކުއްޖާ ވަނީ އެ ބައްޔަކަށް ޕޮޒިޓިވްވެފަ އެވެ. ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު އައިޖީއެމްއެޗުން ބުނާ ގޮތުގައި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އެކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވުމުންނެވެ.

އޭގެ ފަހުން 30 އަހަރުގެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވަނީ ވެފައެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވުނު އުމުރުން 17 އަހަރުގެ ކުއްޖާ އެބައްޔަށް ޓެސްޓު ކުރުމުން ވަނީ ނެގަޓިވް ކަމަށް ދައްކާފައެވެ.

ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން ޖަހަންޖެހޭ އެމްއެމްއާރު އަދި އެމްއާރު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ހުރި ނަމަ ހިމަބިހި ޖެހުމުގެ ފުރުސަތު ނެތެވެ.

އެހެންކަމުން ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކުދިންނާއި މީހުން ދެނެގަނެ ވެކްސިން ޖެހުމަށް ހާއްސަ ހަރަކާތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު އަމީނު ވަނީ ވިދާޅުވި އެވެ. އަދި މިވަގުތަށް ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމުގައިވެސް އަމީން ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް