ads
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން -- ފޮޓޯ: ސީއެންއެމް
ފުލިދޫ ރަށްގިރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު
ފުލިދޫ ރަށްގިރުމުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލަފައި ވަނީ ގަވައިދާ ހިލާފަށްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ ފުލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަޒުލް މަޖިލީހަށް ހުށަހެޅި އެރަށަށް ދިމާވެފައިވާ ރައްގިރުމުގެ މައްސަލައިގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިކަމަށެވެ. އެގޮތުން އެ ގަރާރު ކުއްލި ގޮތަކަށް އެޖެންޑާ ކުރިކަމަށްވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް މަޖިލީހުގެ ގަވައިދާ ހިލާފަށް އެ ގަރާރު ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލެއްވުމުން ހާމަވެގެންދަނީ ރައްޔިތުންނަށް އެއްވެސް ވަރަކަށް ބެލުމެއް ނެތްކަމާއި އެމަނިކުފާނު ގެންގުޅުއްވާ ހުދުމުހުތާރު ގޮތްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

" ފުލިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މި އަހަރުގެ ފެބުރުއަރީ މަސަތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ޖަލްސާއަށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށް ފަހު މަޖިލީހުގެ ގަވައިދާ ހިލާފަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރަން " އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލިދޫ ރައްގިރުމުގެ މައްސަލަ ބޭރުކޮށްލުމަށް ސަބަބެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ ގަރާރު ހުށަހެޅުއްވި މެމްބަރު މަޖިލީހުގައި ހާޒިރުނުވުމުން ކަމަށްވާއިރު، އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ގަރާރެއް އެޖެންޑާކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގައި އެ ހުށަހެޅުއްވި މެމްބަރު އިނުން ގަވައިދުގައި ލާޒިމް ނުކުރާކަމަށެވެ. އެގޮތުން އެ ސަބަބު އިދިކޮޅު ގަބޫލު ނުކުރާކަމަށެވެ.

" ފުލިދޫ ރަށްގިރަމުން ދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ގަރާރު މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުން ބޭރުކޮށްލުމުގައި އެމަނިކުފާނު ދައްކަވާފައިވާ ހުއްޖަތަކީ މި ކޯލިޝަނުން ބަލައިގަންނަ ހުއްޖަތެއް ނޫނެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމުގެ ސަބަބުން މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއްނެތުމާއެކު، މަޖިލީހުގެ ޖަލްސާގައި ބައިވެރިނުވާން މި ކޯލިޝަންގެ ޕާލިމަންޓް ގްރޫޕުން ނިންމާފައިވާ ދަނޑިވަޅުކަށްވުންކަމަށެވެ. " އިދިކޮޅު ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ނަޝީދުއަށް ފާޑުވިދާޅުވެ އިދިކޮޅު ބަޔާނުގައި ބުނީ މަޖިލީހުގައި މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް ހުދުމުހުތާރުކަމާއެކު އެމަނިކުފާނު މަސައްކަތް ކުރައްވާކަމަށެވެ. އަދި  ނަޝީދު ކުރައްވާ ގަވައިދާ ހިލާފު ކަންކަމުގައި އަމީންއާންމާއި، ކައުންސެލް ޖެނެރަލްއާ ސާޖަންޓް އާމްސް ބައިވެރިވެ، އެއްބާރުންލުން ދޭތަން ފެނުމަކީ އިދިކޮޅު ކޯލިޝަނުން ނުހަނު ކަން ބޮޑުވާކަމެއް ކަމަށްވެސް ބުނެފަވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް