ads
ޗައިނާ ސަފީރުގެ ބަހުގެ ހަމަލާ ރައީސް ނަޝީދަށް!
އިންޑިއާގެ މީޑިއާތަކާއި ބައްދަލުކުރައްވާ ޗައިނާ އާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ރައްދުދެއްވައިފި އެވެ.
އިންޑިއާގެ މީޑިއާތަކާއި ބައްދަލުކުރައްވާ ޗައިނާ އާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ރައްދުދެއްވައިފި އެވެ.

ރައީސް ނަޝީދު އިންޑިއާގެ ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ޗައިނާއިން ރާއްޖެ ތަރައްޤީކުރާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، އޭގެ ބަދަލުގައި ޗައިނާއިން އިތުރު ކުރަމުންދަނީ ރާއްޖޭގެ ދަރަނި ކަމަށެވެ. އަދި ދަރަނީގެ ދަންތުރައެއްގައި ޗައިނާއިން ރާއްޖެ ޖައްސަމުން ދާކަމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުނުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ ޗައިނާގެ ސަފީރު ވިދާޅުވީ، އެހެން ޤައުމުތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި، ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ތަފާތެއް ނޯންނާނެކަމަށެވެ. އަދި ޗައިނާ އިން ރާއްޖޭގެ ބިން ފޭރުމަށް އުޅޭކަމަށް ދައްކާ ވާހަކަތަކަކީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު ސޮއި ކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ، އެ އެއްބަސްވުމަށް އިޚްތިރާމު ކުރާނެ ކަމަށް ޤަބޫލުކުރާކަމަށެވެ.

މީގެ އިތުރުން ދަރަނީގެ ދަންތުރައެއްގައި ޗައިނާއިން ރާއްޖެ ޖައްސަން އުޅޭކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަށް ރައްދަު ދެއްވާ ޗައިނާގެ ސަފީރު ވިދާޅުވީ ރައީސް ނަޝީދުގެ އެވާހަކަތަކަކީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ޗައިނާގެ ސަފީރު ރައްދު ދެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ޗައިނާގެ ސަފީރު ވަނީ ރައީސް ނަޝީދު ޗައިނާ އާއި ގުޅޭގޮތުން ދެއްކެވި ބައެއް ވާހަކަތަކަށް ރައްދުދެއްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް