ads
އައިކޮމް އޮފީސްގައި ބައްދަލުވުމެއް ކުރިއަށް ދަނީ
ކޮވިޑް-19ގެ ގޮންޖެހުންތަކާމެދު މަޝްވަރާ ކުުރުމަށް އައިކޮމްއިން ބައްދަލުވުމެއް ބާއްވަނީ!
ކޮވިޑް-19 އާ ގުޅިގެން ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނުން ބުނެފި އެވެ.

އައިކޮމްއިން ކުރެއްވި ޓްވީޓްގައި ބުނީ ކޮވިޑް-19 ގެ ހާލަތުގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް މިރޭ 8:30 ގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކުރައްވާނެކަމަށެވެ. އެގޮތުން ފޭސްބުކް ލައިވް މެދުވެރިކޮށް ބާއްވާ އެ ބައްދަލުވުމުގައި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އަދި މި ޕެނަލް ޑިސްކަޝަންގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ، އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ޒަހީނާ ރަޝީދު، މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު، އަދި ދިޔަރެސްގެ ނޫސްވެރިޔާ އަހްމަދު އަޒާން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމާ ގުޅިގެން އައިކޮމްއިން ސިލްސިލާ ޕެނަލް ޑިސްކަޝަން ބާއްވަން ނިންމާފައިވާއިރު އެންއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކުރެވޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ނުދެވޭކަން ގިނަ ނޫސްވެރިން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ސުވާލުކުރުމުގައި ލިމިޓް ކަނޑައެޅުމަކީ އާންމު ރައްޔިތުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ނޫސްވެރިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް