ads
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު-- ފޮޓޯ: ސަން
ނޫމަޑި މައްސަލައިގައި މުއިއްޒު ފުލުހަށް ހާޒިރުކުރަނީ
ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނެއްކާ ވެސް އަންގައިފި އެވެ.

މާލޭގެ މޭޔަރުކަމަށް އިދިިކޮޅު ޕީޕީއެމުން ވާދަކުރައްްވާ، މުއިއްޒު ސީއެންއެމްއަށް ވިދާޅުވީ މާދަމާ ރޭ 20:15 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. 

އެގޮތުން ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާނެކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށް އަބަދުވެސް ފުލުހުންނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމަންޓުގެ ދަށުން 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލައާ ގުޅިގެން މުއިއްޒުގެ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހަށް ފޮނުވިކަން ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އެގޮތުން ކޯޓުން ބޭރުގައި މި ސަރުކާރަށް ނޫމަޑިއަށް ބަދަލުދޭން އެއްބަސްވީ 2011 އަދި 2013 ވަނަ އަހަރު ހައުސިން ޔުނިޓްތަކެއް އެޅުމަށްވީ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލުކުރުމުންނެވެ. 

މި ސަރުކާރުން ވަނީ ކޯޓުން ބޭރުން އެއްބަސްވުމަކަށް ނާދެވުންނަމަ، އާބިޓްރޭޝަން ނިމޭގޮތަކުން ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް