ads
ދިރާގުގެ ހެޑް އޮފީސް
މިދިޔަ އަހަރަކީ ދިރާގަށް ކާމިޔާބު އަހަރެއް
ފާއިތުވި 2019 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ދިރާގަށް ކާމިޔާބު އަހަރަކަށެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެކުންފުނިން ތައާރަފް ކުރި "ޑިޖިޓަލް ރާއްޖެ" ކެމްޕޭންގެ ދަށުން ފޯރުކޮށްދިން ހިދުމަތްތަކުން އެކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފަ އެވެ.

ރާއްޖޭގެ 75 އިންސައްތަ ގޭބީސީއަށް އެ ކުންފުނިން ހައި ސްޕީޑް ފައިބާ ޓުދަ ހޯމްގެ ހިދުމަތް ފާއިތުވި އަހަރު ފޯރުކޮށްދީފައި ވާއިރު، ދިރާގުގެ ފައިބާ ނެޓްވޯކް ރާއްޖޭގެ 58 ރަށަކަށް އެކުންފުނިން ފޯރުކޮށްދެ އެވެ. މިއީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ އަވަސް ފައިބާ ނެޓްވޯކު ކަމަށް އެކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން ފާއިތުވި އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ދެކުނު އޭޝިއާ އަދި ރާއްޖޭގައި ވެސް އެންމެ ފުރަތަމަ ވިޔަފާރި އުސުލޫން 5ޖީގެ ހިދުމަތް ދޭން ފެށި ކުންފުންޏަށް ވެފަ އެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ތިން ސަރަހައްދުގައި 5ޖީ ތައާރަފްކޮށްފަ އެވެ.

ހަމައެއާ އެކު ދިރާގުން ދަނީ ބްރޯޑްބޭންޑް އިންޓަނެޓް ސްޕީޑް މަތި ކުރުމަށްޓަކައި 1ޖީބީޕީއެސްގެ އަލްޓްރާ ފާސްޓް އިންޓަނެޓް ގޭބިސީތަކާއި ވިޔަފާރި ކަސްޓަމަރުންނަށް ހިދުމަތް ފަށައި މިހާރު 13 ރަށަކަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ. 

މިދިޔަ އަހަރު ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ކެޓެގަރީތަކުގެ ކަސްޓަމަރުން އިތުރުވެ ޓެލެ ކޮމިއުނިކޭޝަންސް ސިނާއަތުގައި ކުންފުނީގެ ޝެއާ ހިފެހެއްޓިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.  

މީގެ އިތުރުން ދިރާގުން ވަނީ ދިރާގު އެޕްރެންޓިސް ޕްރޮގްރާމް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަދި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ކުރިއަށް ގެންގޮސް ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ޒުވާން ވިޔަފާރިވެރިންގެ މެދުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް އެކުންފުނިން ކުރިއަށް ގެންދިޔަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް