ads
މާލޭގެ ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި
މާލޭގެ ގެސްޓްހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ މާލޭގެ ގެސްޓްހައުސްއެއްގައި މިމަހުގެ 10 ވަނަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މަައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލުކުރުމުން އޮފިޝަލް ވަނީ އެއަށް ވުރެ އިތުރަށް މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށާއި ކުއްޖާ މިވަގުތު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ އާއިލާއަށް އޮޅުވާލައިގެން 16 އަހަރުގެ އަންހެން ކުއްޖަކު މާލެއަށް ގެނެސް، ގެސްޓްހައުސްއެއްގައި ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފަ އެވެ. އެ ކަމާއި ގުޅިގެން 24 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް