ads
ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީއެސްއެމް
ނޫމަޑި މައްސަލައިގައި މުއިއްޒު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި
ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މިއީ ޑރ. މުއިއްޒު އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދެ ވަނަ ފަހަރެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 22 ގައި ވެސް ވަނީ އެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. 

އިއްޔެ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވިކަން ހިއްސާކުރައްވަމުން ޑރ. މުއިއްޒު ސީއެންއެމްއަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިރޭ މުއިއްޒު، ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާއި ގުޅޭ އިތުރު ބަހެއް އަދި ނުލިބެ އެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމަންޓުގެ ދަށުން 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލައާ ގުޅިގެން މުއިއްޒުގެ މައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހަށް ފޮނުވިކަން ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އެގޮތުން ކޯޓުން ބޭރުގައި މި ސަރުކާރަށް ނޫމަޑިއަށް ބަދަލުދޭން އެއްބަސްވީ 2011 އަދި 2013 ވަނަ އަހަރު ހައުސިން ޔުނިޓްތަކެއް އެޅުމަށްވީ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލުކުރުމުންނެވެ. 

މި ސަރުކާރުން ވަނީ ކޯޓުން ބޭރުން އެއްބަސްވުމަކަށް ނާދެވުންނަމަ، އާބިޓްރޭޝަން ނިމޭގޮތަކުން ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް