ads
މި ކުޑަ ކުއްޖާގެ ނެށުން ފެނި ރިތިކް އާޝޯހުވެއްޖެ
ބޮލީވުޑުގެ ތަރި، ރިތިކް ރޯޝަންއަކީ އެތައް ބަޔަކު އިންސްޕިރޭޝަނެއްގެ ގޮތުގައި ދެކޭ ތަރިއެކެވެ. ހާއްސަކޮށް ނެށުމަށް ލޯބި ކުރާ ފަރާތްތަކުން އޭނާއަށް އޮންނަ ލޯބި ބޮޑެވެ. މިފަހަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައި މިވަނީ ރިތިކްގެ ލަވައަކަށް ނަށައި ކުޑަ ކުޑަ އަންހެން ކުއްޖަކަށެވެ.

އުމުރުން ގާތްގަނޑަކަށް 4-5 އަހަރުގެ އެ އެ ކުއްޖާ ނަށަމުން ދިޔައީ ރިތިކް އެންމެ ފަހުން ފެނިގެންދިޔަ "ވޯ" ގެ "ޖޭ ޖޭ ޝިވް ޝަންކަރު" އަށެވެ. ބޮކްސް އޮފީހުގައި ވިދާލި އެ ފިލްމުގެ އެ ލަވައިގައި ފެނިގެންދަނީ ރިތިކް އާއި ޒުވާން ތަރި، ޓައިގާ ޝްރޮފްގެ ކުޅަދާނަ ނަށުމެވެެ. 

އެކަމަކު މިފަހަރު އާންމުވެފައިވާ މި ކުޑަ އަންހެން ކުއްޖާގެ ނެށުމަށް ބަލާއިރު އެ ކުއްޖާ ވެސް ވަކި ޓައިގާ އާއި ރިތިކްއަށް ދުލެއް ނުކުރެ އެވެ. އެންމެ އުނދަގޫ ސްޓެޕްތައް އެކުއްޖާ ޖައްސާލީ ނިކަން ފަރިތަކޮށެވެ. 

ސޯޝަލް މީޑިއާއަށް ވީޑިއޯ ދޫކޮށްލި މީހާ ވަނީ އެއީ ވަޓްސްއެޕް ގްރޫޕަކުން ނަގާފައިވާ ވީޑިއޯއެއް ކަމަށާއި އެއީ ކޮން ކުއްޖެއްކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އެގޮތުން ކުޑަ ކުއްޖެއް ނަމަވެސް އެއީ ހުނަރުން ފުރިފައިވާ ކުއްޖެއް ކަމަށް ބުނެފައިވާ އެ ޓްވީޓް މާއިރުތަކެއް ނުވެ ރިތިކް ވަނީ ރީޓްވީޓްކޮށްފަ އެވެ. 

އަދި އޭނާ ވަނީ އެއީ ވަރަށް ލޯބި ތަރިއެއް ކަމަށް ބުނެފަ އެވެ.

"ވޯ" އަކީ ޓައިގާ އާއި ރިތިކް އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. އެގޮތުން ނެށުމަށް ހިތްޖެހިފައިވާ ޓައިގާއަކީ ވެސް ރިތިކްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ރިތިކް ފަދައިން ކުޅަދާނަ ތަރިއަކަށް ވުމަކީ ވަރަށް ކުރި އުއްމީދެއް ކަމަށް ކުރިން ޓައިގާ ވެސް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް