ads
ގޮއިދޫ ޒުވާނުން މަސް ބެހުމުގައި ހަރަކާތްތެރިވަނީ
މަހަށްދާން ބޭނުންވާ މީހުން ރަޖިސްޓްރީ ވާން ޖެހޭނީ ޕޯޓަލްގައި
ލޮކްޑައުންގެ ތެރޭގައި މާލެ ސަރަހައްދުގައި މަހަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީ ވާން ޖެހޭނީ މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް ގައި ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެގޮތުން ސިޓީ ކައުންސިލުން ވަނީ ކަނޑުމަސް، ކުދިމަސް އަދި ފަރުމަހަށް ދާން ބޭނުންވާ މީހުން އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެދިފަ އެވެ. 

މާލެ ސިޓީ ކައުންސިލުގެ ރައީސް ޝިފާ މުހައްމަދު ވަނީ މިދުވަސްކޮޅު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ފަރުމަހަށް ދާން ބޭނުންވާ މަސްވެރިންނަށް ކުދި ދޯނިފަހަރުގައި ފަރުމަހަށް ނުދެވޭ މައްސަލަކަމަށް ވިދާޅުވެ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. 

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އިއުލާން ކުރެވުނު ލޮކްޑައުން ގައި ހާއްސަ ހުއްދަ އަކާއި އެކު މަސްވެރިންނަށް މަހަށް ދިއުމުގެ ފުރުސަތު ދީފައިވެ އެވެ. އެހެން ނަމަވެސް އެ ހުއްދައިގެ ދަށުން މިގޮތަށް ފަރުމަސް ބާނަން ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް