ads
ފޮޓޯ: ފުލުހުން
ލޮކްޑައުންގެ އަމުރާ ހިލާފުވި 93 މީހަކު އަދިވެސް ފުލުހުންގެ ހައްޔަރުގައި
މާލެ ސަރަހައްދުގައި އިއުލާން ކޮށްފައި އޮތް ލޮކްޑައުންގެ އަމުރާ ހިލާފުވި 93 މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން ބުނީ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މިހާތަނަށް 602 މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އެގޮތުން އިއްޔަ ފަސް މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެ އެވެ. 

އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މާލެ އިން ކަމަށާއި އެކަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިން ކަމަށް ފުލުހުން ބުނެ އެވެ. 

އޭގެ އިތުރުން، މިހާތަނަށް މާލެ އިން އެކަނިވެސް 552 މީހުން ހައްޔަރުކޮށްފައި ވާކަން ފުލުހުން ފާހަގަކުރެ އެވެ. އަދި ހުޅުމާލެ އިން 47 މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވާއިރު، ވިލިމާލެ އިން ހައްޔަރުކޮށްފައި ވަނީ ތިން މީހުން ނެވެ. 

ލޮކްޑައުންގެ އަމުރުތަކާއި ހިލާފުވެގެން ފުލުހުން ވަނީ މިހާތަނަށް 9211 މީހުން ޖޫރިމަނާ ކޮށްފަ އެވެ. މާލެ އިން އެކަނިވެސް 8232 މީހުން ޖޫރިމަނާ ކޮށްފައި ވާއިރު ހުޅުމާލެ އިން ޖޫރިމަނާ ކޮށްފައި ވަނީ 833 މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި ވިލިމާލެ އިން 146 މީހުން ޖޫރިމަނާ ކޮށްފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

އިއްޔަ ފުލުހުން ޖޫރިމަނާ ކޮށްފައި ވަނީ 143 މީހުން ނެވެ. އެއީ މާލެ އިން ޖޫރިމަނާ ކުރި 137 މީހުންނާއި ވިލިމާލެ އިން ޖޫރިމަނާ ކުރި ހަ މީހުންނެވެ. އިއްޔަ ހުޅުމާލޭން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފަ އެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް